ކަނބަލުންގެ އަގު އުފުލޭނީ މިކަންކަމަށް ސަމާލުކަންދީގެން ވަޒީފާއަދާކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކަނބަލުންގެ އަގު އުފުލޭނީ މިކަންކަމަށް ސަމާލުކަންދީގެން ވަޒީފާއަދާކުރީމަ!

އަނަހެނުން ވަޒީފާ އަދާކުރަން ހުރަސްތަކެއް ހުންނަ ކަމުގެ ވާހަކަ ދައްކައެވެ. ނަމަވެސް އެވާހަކަތައް ދެކެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ.  

މިޘާލަކަށް ވަޒިފާގެ މާޙައުލުގައި އަންހެނަކާއި ފިރިހެނަކު ވާހަކަ ދެއްކުމަކަށް ހުރަހެއް ނެތެވެ. ދެމީހުން ބައްދަލުވުމަކަށްވެސް ހުރަހެއް ނެތެވެ. މައްސަލައަކަށްވަނީ އެކަހެރިވެވޭތީއެވެ. ތިބޭތަނުގެ ދޮރު ތަޅުލާތީއެވެ. ވާހަކަ ދެއްކުމުގައި އޮތީ ތުއިނުވުމެވެ. އެމީހަކު ވާހަކަދައްކައި އުޅޭ ރިވެތި ގޮތުގައި ވާހަކަދެއްކުމެވެ. އަދި ލަދުޙަޔާތް ބަހައްޓައިގެން ވާހަކަދެއްކުމެވެ.

ބުނަން ހެއްޔެވެ؟ އަންހެނަކު މުސްލިމް އަންހެނުން ހެދުން އަޅަންޖެހޭ ގޮތަށް ހެދުން އަޅައިގެން މިބުނި މަގުން ވަޒީފާ އަދާކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މިބުނި މަގުން ޢަމަލުތައް ބަހައްޓާނަމަ އެއަނހެނެއްގެ ޢިއްޒަތާއި ޤަދަރު ދާނީ އުފުލެމުންނެވެ.

މިޘާލަކަށް ނުބައި ނިޔަތެއް ނެތިވެސް ފިރިހެނަކު އަންހެނެއްގެ ގައިގައި އަތްލަން އުޅެފާނެއެވެ. ބީހިލަންވެސް ފުރުޞަތު ނުދޭށެވެ. އެއީ ތިމާ ރުހޭ ކަމެއް ނޫންކަން ބަޔާންކުރާށެވެ. ހަޑި ވާހަކައެއް ދައްކަން އުޅެފާނެއެވެ. އެޙާލަތުގައި އެއީ ތިމާ ރުހޭ ގޮތް ނޫންކަމަށް ފުރަތަމަވެސް ބުނާށެވެ. އެގޮތަށް ބުނަން ޖެހިލުންވެގެން ނުވާނެއެވެ. މައްސަލަ ޖެހެނީ ބުނަންޖެހޭ ވާހަކަތައް ނުބުނެވޭތީއެވެ. ބުނެވޭނަމަ މައްސަލަތައް ކުރިމަތިވުން މަދުވާނެއެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން