ގުޅުން ބޭއްވުން ހުއްދަނޫން މީހަކާ ގުޅުން ބޭއްވުން ހުއްދަނުވަނީ ސަބަބުތަކެއް ހުރުމުންނެވެ. ފުރަތަމަ ވަނީ ރައްޓެހިންނަށެވެ. އެގަސް ހެދިބޮޑުވެ މޭވާ އަޅައެވެ. މޭވާ ކެވޭތަންވެސް އައުދެއެވެ. އެހިސާބުން އެއޮތީ ކަންކަން އެންމެ ގޯސްވެފައެވެ. ފާފަވެރިވެވިފައެވެ. ވީމާ ވިސްނައިލަމާ ހިނގާށެވެ!
މިޘާލަކަށް އާދަނާ ޙަލީމާއަކީ ދެމަފިރިންނެވެ. އާދަނު ވިޔަސް ޙަލީމާ ވިޔަސް ސޯޝަލް މީޑިއާގައި މީހަކާ ގުޅުން އުފައްދާނަމަ ގުޅުން އެއުފެއްދެނީ ހިލޭ މީހަކާއެވެ. އެދެމީހުންގެ ގުޅުން ބަދަހިވަމުން އައިސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅެނީއެވެ.
އަދިވެސް ފަސޭހަކޮށްލައިދޭނަމެވެ. އާދަނު ވިޔަސް ޙަލީމާ ވިޔަސް ސޯޝަލް މީޑިއާގައި ތިމާއާ ކައިވެނިހެޔޮވާ މީހަކާ ގުޅުން އުފައްދާނަމަ ގުޅުން އެއުފެއްދެނީ ހިލޭ މީހަކާއެވެ. ހުއްޓާލަންވީ އެކަމެވެ.
ހުއްޓާލަން ޖެހެނީ ނުވަތަ އެކަން ނުކުރަންވީ ކުރިން ބުނިފަދައިން ވަކިހިސާބަކުން އިންތަކުން ބޭރުވެވޭތީއެވެ. ޝައިޠޯނާ އެކަން ކުރުވާނެއެވެ. ވާހަކައިން ތިމާއަކީ މަލާއިކަތެއްފަދަ މީހަކަށް ހެދިގެންއުޅުނުމީހާގެ ޝިކާރައަކަށްވެވެނީ ޝައިޠޯނާގެ ސަބަބުންނެވެ.
ކޮންމެ ކަމަކަށްވެސް ދީނުގައި އިންތަކެއް ލައްވަވާފައިވަނީ މިކަންކަން މިގޮތަށް މެދުވެރިވާނެތީއެވެ. އެފަދަ ނުބައިކަންކަމުން މީސްތަކުން ސަލާމަތްކުރުމަށެވެ. މީސްތަކުންގެ ފައިދާއަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން