ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭނަމަ 5 ކަމަކަށް ސަމާލުކަންދޭންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭނަމަ 5 ކަމަކަށް ސަމާލުކަންދޭންޖެހޭ!

މިއަދު ޠާޢޫން ބަލި ފެނުން މަދުވެދާނެއެވެ.

ނަމަވެސް ފާޙިޝް ޢަމަލުތަކުގެ ސަބަބުން ފެތުރެމުންމިދާ ބަލިތަކަކީ ނުރައްކައުތެރިކަން ކުޑަ ބަލިތަކެއް ނޫނެވެ. އެއިގެ ތެރޭގައި ޝިފާ ނުލިބޭ ބަލިތައްވެސް ވަރަށް ގިނައެވެ. ވީމާ މިހުރީ ވިސްނައިލަންޖެހޭ ކަންކަމެވެ.  

ނައަކަށް އެކަން އެނގުނަސް ނުއެނގުނަސް ދާދިފަހުން ޒުވާން ދެމަފިރިއަކު ދާދިގާތުގައި ނިޔާވީ އެޗްއައިވީގެ ސަބަބުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ތަނަވަސްކަން ހުރީތީ ބަލިޖެހުމުން ރާއްޖެއިން ބޭރުގައި ދިރިއުޅުމުން ގިނަ ބައަކަށް ނުއެނގުނީއެވެ. ދެމަފިރިން ނިޔާވިއިރު 5 އަހަރުން ދަށުގެ 2 ކުދިންވެސް ތިބިކަމަށްވެއެވެ. އެކުދިންނަށް މައިންބަފައިން ގެއްލި ނިކަމެތިވީއެވެ.  

މުޖްތަމަޢު ސަލާމަތްކުރަންޖެހޭ 5 ކަންތައް 

ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު އަހަރެމެނާ ދިމާއަށް ކުރިމަތިފުޅު ލައްވާ ޙަދީޘް ކުރެއްވިއެވެ. އޭ މުހާޖިރިއްޔަ ބޭކަލުންނޭ! ތިޔަބައިމީހުނަށް އެ ފަސްކަމެއް ނުފެނި ސަލާމަތް ކުރައްވަތްތޯ ތިމަންކަލޭގެފާނު މާތްރަސްކަލާނގެ ކިބައިން އެދޭ ފަސްކަމެއް ވެއެވެ. 

އެފަސް ކަމަކަކީ މިއެވެ.  

1-   ހަމަކަށަވަރުން ބަޔަކު މީހުންގެ ތެރޭގައި ޝަހުވާނީ ކަމުގެ ހުތުރު ފާފަތައް ފާޅުވެއްޖިއްޔާ، އެބަޔަކުގެ މެދުގައި ޠާޢޫނު ފާޅުނުވެ ނުދާނެއެވެ. އަދި އެބަޔަކުގެ  ކާބަފައިންގެ ތެރޭގައި ނެތްހާ ވޭންތަކާއި، ނުބައި ބަލިތައް ފާޅުނުވެ ހަމަހިލާ ނުދާނެއެވެ.  

2-   ބަޔަކު މީހުގެ މެދުގައި މިނުމާއި، ކިރުން ނުބައި ކޮށްފިއްޔާއި،  އެބަޔަކުގެ ކިބައިން ބަރަކާތް ކެނޑިއްޖައުމާއި ތަދުމަޑު ޙާލު ބޮޑުވުމާއި، ވެރިންގެ އަނިޔާލިބުމާއި، މިކަންކަން  ނައިހެއް ނުދާނެއެވެ.    

3-   ބަޔަކު މީހުންގެ މުދަލުގެ ޒަކާތް ނެރުން މަނާވެއްޖިއްޔާ ވާރޭ މަދުނުވެއެއް ނުދޭނެ. 

4-   ބަޔަކު މީހުން މާތްރަސްކަލާނގެ ކިބައަށާއި، އެކަލާނގެ ރަސޫލާ ﷺ ގެ ނަންފުޅުގެން ޢަހްދެއް އުވާލައިފިއްޔާ، އެބަޔަކުގެ މައްޗަށް ބޭރު ބަޔަކުގެ އަނިޔާ ނުލިބިއެއް ނުދާނެ.  

5-   ބަޔަކު މީހުންގެ މެދުގާ ޝަރީޢަތް ރަގަޅަށް ނުހިނގަނީ ވިއްޔާ ފިތުނަފަސާދަ ބޮޑުވެ އެބަޔަކުގެ މެދުގާ އަރާރުން ތަކާއި ތަޅާފޮޅުން އިތުރު ނުވެއެއް ނުދާނެއެވެ.

 

މިއަދު އޮންލައިން