ގޭގެ އޮޅިގަނޑަކީ އަނބިމީހާއެވެ. އެކަމަށް ދެބަސްވުމެއް ނެތެވެ. ނަމަވެސް ހެޔޮލަފާ އަނބިން ކޮންޓްރޯލްކޮށް އެކަނބަލުންގެ މައްޗަށް ބާރުހިންގުމުގެ އިޚްތިޔާރު އޮންނަނީ ފިރިންނަށެވެ. ގިނަ ފިރިހެނުންނަށް އެކަން ނުވެސް އެނގެނީއެވެ.
ހެޔޮލަފާ އަނބިން ކޮންޓްރޯލުކުރަން ބޭނުންވާނީ ފައިށާއެއް ނޫނެވެ. ރަޙުމްކުރުމާއި ލޯތްބާއި އަޅައިލުން ދިނުމެވެ. ޙިމާޔަތާއި ރައްކައުތެރިކަން ދިނުމެވެ. ރައްަކއުތެރިކަމަކީ ހަމައެކަނި ހަށިގަނޑުގެ ރައްކައުތެރިކަމެއް ނޫނެވެ. އެންމެ ބޮޑަށް ބޭނުންވާނީ ކަންބޮޑުވާ ކަންކަން ކުރިމަތިވުމުން އަނބިމީހާއާއިއެކުގައި ހުރިކަން އަންގައިދިނުމެވެ.
ފިރިއަކު މިކަންކަމަށް ސަމާލުކަންދޭނަމަ ހެޔޮލަފާ އަނބިން ތިބޭނީ ފިރިމީހާގެ އަޅުންނަށްވެގެންނެވެ. އެދޭހައި ކަމެއް ކޮށްދޭނެއެވެ. ބޭނުންވާވަރަށްވުރެ އިތުރަށްވެސް އުފާކޮށްދޭނެއެވެ. ހަމަ އެގޮތަށް މިކަންކަމުގައި އިހްމާލުވާނަމަ އަދާކުރާނީ ވާޖިބް އެކަންޏެވެ. ފިރިމީހާއަށް ދޭންޖެހޭ ލޯބިން ބޮޑުބައެއް އުނިވާނެއެވެ.
އަނބިމީހާގެ ކިބައިން ލޯބިލިބުން އުނިވާނަމަ ނިކަން މިަކންކަމަސް ސަމާލުކަންދީބަލާށެވެ! ތަފާތު ފެންނާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން