މަޑިހާ ކުންފުނީގެ ދަށުން ހިންގާ އުފަންވެލީގެ މިފިހާރަ ބުރާސްފަތިދުވަހު ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ބޮކަރުމާ ހިނގުމުގައެވެ. އެއީ ރެހެންދި ސްކޫލުގެ ދެކުނުން އޮންނަ ގޯޅިއެވެ.
މި ފިހާރައަކީ، ހުޅުމާލެ ފޭސް 1ގައި ހުޅުވި 3 ވަނަ ފިހާރައެވެ. އަލަށް ހުޅުވި މިފިހާރަ ހުންނާނީ، ފޭސް 1ގެ ޗަނބޭލީ މަގުގައި ހުރި އުފަންވެލި ފިހާރަ އާއިވެސް ކައިރީގައެވެ. މި ފިހާރައަކީ، ޗަނބޭލީ މަގުގައި ހުރި ފިހާރައަށްވުރެ ޖާގަ ތަނަވަސް ފިހާރައެކެވެ.

އުފަންވެލީގެ އައު ރީޓެއިލް ފިހާރަ އަކީ، ރީޓެއިލް ވިޔަފާރިއަށް ޚާއްޞަ ފިހާރައެކެވެ. މިފިހާރައިން ވިއްކަނީ، މޭވާ އާއި ތަރުކާރީ އާއި ބިސް އަދި އެއްގަމު މަހުގެ ބާވަތްތަކެވެ.
އުފަންވެލި ފިހާރަތައް ހިންގާ މަޑިހާ ކުންފުނީގެ އިސްބޭފުޅަކު ވިދާޅުވީ، ޗަނބޭލީ މަގުގައި މިހާރު ހިންގަމުން އަންނަ ފިހާރަ ދެން ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ހޯލްސޭލް ވިޔަފާރިއަށް ޚާއްސަ ފިހާރައަކަށް ކަމަށެވެ.އަދި ހުޅުމާލޭގެ އާބާދީ އިތުރު ވަމުން ދާއިރު ގެދޮރުގައި އާންމުކޮށް ބޭނުން ކުރާ ތާޒާމޭވާއާއި ތަރުކާރީ ފަސޭހަ ގޮތެއްގައި ލިބެން ހުންނާނެ ކަން ކުންފުނިން ޔަގީން ކުރަން ބޭނުން ކަމަށް ބުނެފައިވެއެވެ.އެއާއި އެކު އަލަށް ހުޅުވި ފިހާރައިން މިބާވަތްތައް ލިބެން ހުރުމުން އެކަން ހިމެނިގެންދާނީ ބާޒާރު ކޮށްލުމުގެ އައު ތަޖުރިބާ އަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އުފަންވެލި ރީޓެއިލް ފިހާރައިން މޭވާ އާއި ތަރުކާރީ އަދި އެއްގަމު މަހާއި ބިސް ހުޅުމާލޭގެ އެހެން ފިހާރަތަކަށްވުރެ އަގުހެޔޮކޮށް ގަންނަން ލިބެން ހުރެއެ އުފަންވެލި ފިހާރަތަކުން ތާޒާ ތަރުކާރީއާއި މޭވާ ފޮރޯކޮށްދެވޭ ކަމުގެ އިތުބާރު ފާއިތުވި އަހަރު ތަކުގައި ވަނީ އުފެއްދިފައެވެ.
އައު ފިހާރައެއް ހިޅުވުމުގެ އެންމެ ބޮޑު މަގްސަދަކީ ފުލާވަމުން އަންނަ އާބާދީ އަށް މިޚިދްމަތް ލިބޭނެކަން ޔަގީން ކޮށްދިނުން ކަމަށް ކުންފުނިން ބުނެފައި ވެއެވެ.