ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ރަސްމީކޮށް އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ރަސްމީކޮށް އިފްތިތާޙުކޮށްފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މަޢުރަޒު އިފްތިތާޙުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިޤުތިޞާދިީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ މައުރަޒުގެ ރިވީލިންގ ވީޑިއޯއެއް އާންމުކޮށް ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ފުރިހަމަ ނަމޫނާއެއް ދައްކުވައިދީފައިވެއެވެ. މީގެ އިތުރުން، މައުރަޒުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުންވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަމައެއާއެކު، މައުރަޒުގައި ކުރިއަށްދާ ބޮޑުބެރު މުބާރާތާއި ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އިތުރުން، މައުރަޒުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެހެނިހެން ކުޅިވަރު މުބާރާތްތައްވެސް މި ހަރަކާތުގެ ތެރޭގައި ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

"ރެޑީ ސެޓް މަޢުރަޒު 26"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލެ ފޭސް 1ގެ ދިރާގު ފަހަތުގައި އޮންނަ ބީޗު ސަރަހައްދުގައި މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މި ހަރަކާތުގެ ތެރޭގައި ހަވީރުގެ ވަގުތުގައި އާއިލާތަކަށާއި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން މޫދު ކުޅިވަރުތަކާއި، ބައުންސީ ކާސަލް ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ޚަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގަނޑު ވަނީ ލައިވް މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން