ކަނުވުމާ ބީރުވުމުގެ އިތުރަށް ފުރިހަމަ ޞިއްާޙަތަކަށް އެދިގެން އަބަދުވެސް ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކަނުވުމާ ބީރުވުމުގެ އިތުރަށް ފުރިހަމަ ޞިއްާޙަތަކަށް އެދިގެން އަބަދުވެސް ކުރަން އޮތް ދުޢާއެއް!

ގިނަ ބައެއްގެ ވިސްނުމުގަ ހުންނަނީ ކަމެއް ދިމާވުމުން ޑޮކްޓަރަށް ދިއުމުން އެކަމެއް ޙައްލުވާނެ ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ބޭހުން ޝިފާލިބޭނީވެސް ﷲ ތައާލާ އިރާދަކުރެއްވެވުމުންނެވެ. ވީމާ އަހުރެމެން އަބަދުވެސް ތިބެންވީ ދުޢާކުރުންމަތީގައެވެ. 

ގިނަ މީހުންނަށް ދުޢާކުރަން ފެށެނީ ބަލިވުމުންނެވެ. ލޯއަނދިރިވާން ފެށުމުންނެވެ. ކަންފަތް ބީރުވާން ފެށުމުންނެވެ. ނަމަވެސް އަހުރެން ބުނާނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެވޭކަމުގައިވީނަމަވެސް މިފަދައިން ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތެއްވެސް ތިމާއާއިއެކު ލެހެއްޓެވުން އެދިގެން ދުޢާކުރަންވާނެއެވެ.  

*اللَّهُمَّ عَافِنِي فِي بَدَنِي اللَّهُمَّ عَافِنِي فِي سَمْعِي اللَّهُمَّ عَافِنِي فِي بَصَرِي

لاَ إِلَهَ إِلاَّ أَنْتَ* 

މިއަޅާގެ ހަށިގަނޑަށް ސަލާމަތް ޞިއްޙަތެއް ދެއްވަވައިފާނދޭވެ!

މިއަޅާގެ ކަންފަތަށް (އަޑުއިވުމަށް) ސަލާމަތް ޞިއްޙަތެއް ދެއްވަވައިފާނދޭވެ!

މިއަޅާގެ ދެލޮލަށް (ފެނުމަށް) ސަލާމަތް ޞިއްޙަތެއް ދެއްވަވައިފާނދޭވެ!

އިނބަ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ.

(އަބޫދާވޫދު: 5071)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން