ކިތަންމެ ގިނަ ބޭނުންތަކަށް އެދިގެން ދުޢާކުރިނަމަވެސް މިއީ ފަރުވާތެރިވެ ކޮންމެ ދުވަހަކު ގިނަގިނައިން ކުރަންޖެހޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކިތަންމެ ގިނަ ބޭނުންތަކަށް އެދިގެން ދުޢާކުރިނަމަވެސް މިއީ ފަރުވާތެރިވެ ކޮންމެ ދުވަހަކު ގިނަގިނައިން ކުރަންޖެހޭ ދުޢާއެއް!

އަހުރެމެން އެންމެންގެވެސް ބޭނުންތައް ވަރަށް ގިނައެވެ. އެހެންކަމުން ކުރަންހުރި ދުޢާތައްވެސް ވަރަށް ގިނައެވެ.އެހެންކަމާއިއެކުވެސް ކޮންމެދުވަހަކުވެސް ފަރުވާތެރިވެ ގިނަގިނައިން ހުރި ދުޢާތައްމަތިން ހަނދުމަނެތިކޮށްލައިގެންނުވާނެއެވެ.  

ބަލަން ބޭނުން ނުވިނަމަވެސް މިއަދު އެންމެ ގިނައިން މިފެންނަނީ މުސްލިމުންނަށް އެންމެ ބޮޑަށް ގެއްލުން ލިބެންހުރި ކަންކަމެވެ. އިސްލާމް ދީނާއި ދުރަށް ޖެހެވުން ފަސޭހަވާނެ ކަންކަމެވެ. އެކަންކަން ޝައިޠޯނާ ޒީނަތްތެރިކުރުވާވަރުން މުސްލިމުންގެ ތެރެއިންވެސް ގިނަ ބއަކަށް މިދަނީ މަގުއޮޅެމުންނެވެ.

މިފަދަ ޒަމާނެއްގައި أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިއަހުން އަހަރެމެންނަށް ލިބިފައިވާ މިދުޢާ އެންމެންވެސް ގިނަގިނައިން ކުރަމާ ހިނގާށެވެ. ދުޢާޢަކީ އައު ދުޢާއެއް ނޫނެވެ. ޙަދީޘްފުޅުން އައިސްފައިވާ ދުޢާއެކެވެ. އެހެންކަމުން މިއީ ހަމަ ހަނދުމަކޮށްލައިދިނުމެކެވެ.  

އެއްފަހަރަކު شهر بن حوشب އޭ ކިޔުނު ބޭކަލަކު أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. 

[އޭ މުއުމިނުތަކުންގެ މަންމާއެވެ. ކަމަނާގެ ގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހޭދަކުރައްވާ ވަގުތުތަކުގައި އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ ކޮބައިތޯއެވެ؟]  

أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. [ތިމަންކަމަނާގެ އަރިހުގައި ހުންނަވާ ވަގުތުތަކުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ:  

"‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ   

‏" {އެބަހީ: އޭހިތްތައް އެފުށްމިފުށަށް އަނބުރުއްވާ ރަސްކަލާކޮ. އިބަރަސްކަލާނގެ ދީނުގައި މިއަޅާގެ ހިތް ސާބިތުކޮށް ދެއްވަވާންދޭވެ.] މި ދުޢާއެވެ.]  

{جامع الترمذي، كتاب الدعوات عن رسول الله صلى الله عليه وسلم، ޙަދީޘް 3522}

 

- މިއަދުނޫސް

 

މިއަދު އޮންލައިން