ކަންބޮޑުވާންޖެހޭ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކަންބޮޑުވާންޖެހޭ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ!

ކަންބޮޑިވާންޖެހޭ ކަންކަން ކޮންމެ ދުވަހަކުވެސް އެއިގެ ތެރޭގައި ތަފާތު ކަންކަން ހިމެނޭނެއެވެ. އެއިން ކޮންމެ ކަމަކަށް ކުރާނެ ޚާއްޞަ ދުޢާއެއް ނުފެނިދާނެއެވެ. ބުނަންހެއްޔެވެ؟ ކަންބޮޑުވާންޖެހޭ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ! އެމީހަކަށް އެކަމުން ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ

لاَ إِلَهَ إِلاَّ اللهُ الحَلِيمُ الكَرِيمُ، لاَ إِلَهَ إِلاَّ اللهُ العَلِيُّ العَظِيمُ، لاَ إِلَهَ إِلاَّ اللهُ رَبُّ السَّمَاوَاتِ السَّبْعِ وَ رَبُّ العَرْشِ العَظِيمِ 

އަހުރެމެން އަބަދުވެސް ތިބެންވީ ﷲ ތަޢާލާ މަތިވެރިކުރުންމަތީގައެވެ. އެއިރުން ﷲ ތަޢާލާ އަހުރެމެންގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި ދަރަޖައެއް ލިބިގަނެވިއްޖެ މީހާއަށް ޙިމާޔަތާއި ރައްކައުތެރިކަމާއި ސަލާމަތްކަން ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން