ބައިވެރިޔާގެ ކިބައިން ލޯބިލިބުން މަދުވާނަމަ ޢަމަލުކުރަން އެންމެ ކާމިޔާބު ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބައިވެރިޔާގެ ކިބައިން ލޯބިލިބުން މަދުވާނަމަ ޢަމަލުކުރަން އެންމެ ކާމިޔާބު ގޮތް!

ފުރަތަމަ މިކިޔައިދެނީ އަހުރެންގެ ކްލައިންޓަކު ބުނި ވާހަކައެކެވެ. އޭނާގެ ތަޖުރިބާއެވެ. "އަހުރެންގެ ފިރިމީހާ މޫޑީވެފައި ހުރެއްޖެނަމަ އަހުރެން ގިނައިން ހިނިތުންވަމެވެ. އަނގަގަދަކޮށް ވާހަކަދެއްކުން ގިނަކުރުމުގެ ބަދަލުގައި ފިރުމުން ގިނަކުރަމެވެ. ހައަކަ ފަހަރު ހިނިތުންވެލާފައި ދެތިން ފަހަރަކު ފިރުމައިލާއިރަށް މޫޑީކަން ފިލައިގެންދެއެވެ. ބޭނުންވަނީ ކޮފީތޯ ޖޫސްތޯ ސުވާލެއް ނުކުރަމެވެ. ދެވައްތަރުން ގެންގޮސް ކުރިމަތީގައި ބަހައްޓަނީއެވެ. އެދެނީ ބޯން ބޭނުންވާ އެއް ބުއިމަށެވެ. ފިރިމީހާ އިކްތިޔާރުކުރީމާ ދެން ހުންނަ ތަށި އަހުރެން ބޮނީއެވެ."  

ދެން މިކިޔައިދެނީ ބުނަންހުރި ވާހަކަތަކެވެ.  

ކައިވެނިކުރުމަށްފަހު ގިނަ ފަހަރު ބެލެނީ އަނެކާ ތިމާ އުފާކޮށްދޭނެކަމަށެވެ. އުފާވެރިކަން ފޯރުކޮށްދޭނެކަމަށެވެ. ނުލިބުމުން ޝަކުވާވެސް ކުރެވެއެވެ. އަހުރެންނަށް ބުނެވެން އޮތީ އެހެން ގޮތަކަށެވެ.  

ބައިވެރިޔާގެ ކިބައިން ތިބާއަށް އުފާވެރިކަން ލިބެން ބޭނުންވާނަމަ އަނެކާ ތިބާ އުފާކޮށްދޭނެ ކަމަށްބަލައި އިންތިޒާރުކުރުމުގެ ބަދަލުގައި ތިބާ އަނެކާ އުފާކޮށްދޭށެވެ. އެއިރުން އަނެކާގެ ކިބައިން ތިބާއަށް އުފާވެރިކަން ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.  

މިހާރަކަށް އައިސް މައްސަލަތައް ގިނަވަނީ މިނެދޭ ނާޅިން މިނެދޭން އުޅޭތީއެވެ. އެއީ ދެމަފިރިންގެ މެދުގައި އެކަން އޮންނަންވާ ގޮތެއް ނޫނެވެ. ދެމަފިރިން ގެންގުޅެންވީ 2 ނާޅިއެވެ. ދެމަފިރިންވެސް ވާދަކުރަންވީ ގިނައިން މިނެދިނުމަށެވެ. މިންއަޅަންވީ އަނެކާގެ ކިބައިން ލިބޭ ލޯބީގައެއް ނޫނެވެ. ތިމާ އަނެކާއަށްދޭ ލޯބީގައެވެ. އެއިރުން އަބަދުވެސް ދާނީ ހިތްފުރެންދެން ލޯބި ލިބެމުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

 

މިއަދު އޮންލައިން