ޖަމާޢަތުގައި ކުރާ ނަމާދު ނިމި ޛިކްރުތަސްބީޙް ކިޔަން ފަށާތަނުންވެސް ބައެއް މީހުން ސަލާމްކުރަން އަތްދިއްކުރެއެވެ. އެކަމުގެ ސަބަބުން އަނެކާއަށް އުނދަގޫވެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުވެގެންދެއެވެ. މާނައަކީ ވިސްނުން ޛިކުރް ކުރުމުން ވިސްނުން ބޭރުވެގެންދެއެވެ.
ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ނަމާދު ނިމޭ ވަޤުތުގައި ނޫންނަމަވެސް ޛިކުރްކުރަން އިންނަ މީހަކަށް ސަލާމްކުރަންވާނީ އޭނާ ކުރަމުން ގެންދާ ކަންތަކަށް އެއްވެސް ހުރަހެއް ނޭޅޭނެކަން ޔަޤީންކޮށްފައެވެ.
މިކަމާއި ގުޅިގެން ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް ވިދާޅުވެފައިވަނީ މީހަކު ޒިކުރު ކުރަން އިންދާ ސަލާމް ކުރަން އަތް ދިއްކޮށްގެން ނުވާނެ ކަމަށާއި ނަމަވެސް އަތްދިއްކޮށްފި ނަމަ ސަލަމް ކުރަން ވާނެ ކަމަށެވެ.
ގޭގައި ޛިކުރުކުރަން ތިބޭ މީހުންނަށްވެސް ހަމަ މިމގޮތަށް ޢަމަލުކުރާށެވެ! ޛިކުރުކުރާއިރު އޭނާ އިންނާނީ އޭނާގެ ހިތް ﷲ ތަޢާލާ އާއި ގުޅުވައިގެންނެވެ. ވީމާ އެގުޅުން ކެނޑޭނެ އެއްވެސް ކަމެއް ނުކުރާށެވެ! "އައްސަލާމް ޢަލައިކުން ބުނެ ނިންމައިލާށެވެ!
- މިއަދުނޫސް