ދުނިޔެއިން މަދުން ނޫނީ ނުފެންނާނެ ފަދަ ރަނގަޅު އަންތަބަކަށް ވިޔަސް ކައިވެނި ރޫޅިއްޖެނަމަ ދެރަވެ މާޔޫސް ނުވެ ކުރިއަށްދާންވީ ސަބަބަކީ މާބޮޑު އުފާވެރިކަމެއް ދެއްވަވާނެކަން! މުޖައްރިބް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދުނިޔެއިން މަދުން ނޫނީ ނުފެންނާނެ ފަދަ ރަނގަޅު އަންތަބަކަށް ވިޔަސް ކައިވެނި ރޫޅިއްޖެނަމަ ދެރަވެ މާޔޫސް ނުވެ ކުރިއަށްދާންވީ ސަބަބަކީ މާބޮޑު އުފާވެރިކަމެއް ދެއްވަވާނެކަން! މުޖައްރިބް!

އަހުރެން މިއުޅެނީ އެކުވެރި އަންހަނުންނަށް އުފާވެރި ޚަބަރެއް ދޭށެވެ! ރަނގަޅަށް އަޑުއަހާށެވެ! 

ތިބާއަކީ އަންތބަކު ފިރިއަކަށް ކުރަންޖެހޭ ހުރިހާ ޚިދުމަތްތަކެއް ކުރަމުންގެންދާ އަންތބަކަށްވެދާނެއެވެ. ތިބާގެ ހުރިހާ ވާޖިބުތަކެއް އަދާކުރަނީ އެންމެ ފުރިހަމައަށެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އެހެން އަންހެނަކާއި ގުޅިދާނެއެވެ. 

އެއީ ތިބާގެ ކިބައިގައި އެއްވެސް އުނިކަމެއް ހުރީތީއެއް ނޫނެވެ. އަނެކާއަކީ ތިބާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ހުރި އަންހެނަކަށްވެގެނެއްވެސް ނޫނެވެ. އެއީ އޭނާގެ ވިސްނުމަށް އެބަދަލު ގެންނަން ވިސްނުމެވެ.  

އެހެންވީމާ ތިއަ އުޚުތުން ކަންތައްކުރަންވީ ގޮތް ބުނެލާނަމެވެ. ފިރިމީހާއަށް ރަނގަޅަށް ކަންކަން ކުރަންވީ އެކަމުގެ ސަބަބުން ތިބާ ދޫކޮށްނުލާނެކަމަށް ޤަބޫލުކޮށްގެނެއް ނޫނެވެ. މާތް ﷲ ތިބާއަށް އެކަމަށް އަންގަވާފައިވާތީ ﷲ އަށްޓަކައެވެ. އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. 

އެކަމުގެ ނަތީޖާ ފެންނާނެ ގޮތް ބުނަންހެއްޔެވެ؟ ﷲ ތަޢާލާއީ އެކަލާނގެ މަގުގައި އަޅުންކުރާ ކޮންމެ ކަމަކަށް ހެޔޮ ރަޙުމަތް ލައްވަވާ ރަސްކަލާނގެއެވެ. ޘަވާބު ދެއްވަވައި ދަރަޖަ މަތިވެރިކޮށްދެއްވަވާ ރަސްކަލާނގެއެވެ. 

އެކަމުގެ ނަތީޖާއަކަށްވާނީ އެފިރިމީހާއަށްވުރެ މާރަނގަޅު ފިރިއަކު ތިބާއަށް ދެއްވެވުމެވެ. މާއުފާވެރި ދިރިއުޅުމެއް ދެއްވެވުމެވެ. މިއީ ﷲ ތަޢާލާ އާއިމެދު އެންމެ ބޮޑަށް ޔަޤީންކުރަންޖެހޭ ކަންތަކެވެ. އެކަން ޔަޤީންކުރާ މީހަކު ނިކަމެތި ނުކުރައްވަވާނެތެވެ. އުފާވެރިކަން ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން