ރިވެތި ގޮތުގަ ނިވާނުވެ ތިބޭ ކަނބަލުން އެހެން ދީންތަކުގެ މީހުން ބުނާ މިވާހަކަތަކަށް ބިރުވެތިކަމާއެކު ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރިވެތި ގޮތުގަ ނިވާނުވެ ތިބޭ ކަނބަލުން އެހެން ދީންތަކުގެ މީހުން ބުނާ މިވާހަކަތަކަށް ބިރުވެތިކަމާއެކު ވިސްނާލަބަލަ!

"އަހުރެން މިދައްކަނީ މޫނު ނިވާކުރުމުގެ ވާހަކައެއް ނޫނެވެ. އަހުރެން މިދައްކަނީ ރިވެތިކޮށް ހަށިގަނޑު ނިވާކުރުމުގެ ވާހަކައެވެ. ތިބާގެ ހަށިގަނޑު ރިވެތި ގޮތުގައި ނިވާނުކުރާނަމަ އެއީ އަމިއްލައަށް ތިބާގެ ކަރާމާތް ނަގައިލުމެވެ. އެއިރުން ތިބާގެ ވަށައިގެން އެނބުރޭނީވެސް ކަރާމާތެއް ނެތް ފިރިހެނުންނެވެ.  

ދެން ބަހެއް މިބުނަނީ ފޭރާންލީނަމަވެސް އަޢުރަ ހާމަކޮށްގެން އުޅޭ އަންހެނުންގެ ވާހަކައެވެ. އެމީހުންނަކީ ފިރިހެނުން ދަލުގައި ޖައްސުވައި ޝިކާރަކުރަން ނުކުމެ އުޅޭ ބައެކެވެ. ބުއްދި ސަލާމަތުންހުރި ފިރިހެނަކު އެފަދަ އަންހެނަކާއި ކައިރިވެސް ނުވާނެއެވެ. ކައިރިވާނީ އޭނާ އެދޭ ދަޢުވަތުގެ ބޭނުންހިފަން ބޭނުންވާ މީހެކެވެ."  

މިވާހަކަކޮޅަކީ މުސްލިމަކު ނުވަތަ މުސްލިމް ޢިލްމްވެރިއަކު ބުނެފައިވާ ވާހަކަކޮޅެއް ނޫނެވެ. އެހެންނަމަވެސް ބުއްދިސަލާމަތުން ހުރީތީ އަންހެނުން ނިވާވެގެން ތިބުމުގެ މުހިންމުކަން އެނގޭ މީހަކު ބުނެފައިވާ ވާހަކަކޮޅެކެވެ. ހިތާމައަކީ ފޭރާންލުމުގައި ޢަމަލުކުރަންޖެހޭ މިންވަރު މިވަރަށްވެސް ނުވިސްނޭ ބައަކު މުސްލިމުންގެ ތެރޭގައި އެބަތިބި ކަމެވެ.  

އަދިވެސް ބުނެލާނަމެވެ. "އަންހެނާގެ ހަށިގަނޑު ދައްކައިގެން އުޅުމަކީ ކާތަކެތީގައި މަތިނުޖަހައި ބެހެއްޓުން ފަދަ ކަމެކެވެ. އެއިރުން އޭގައި މެހިޖެހި ޖަރާސީމުތައް ދޫކުރާނެއެވެ. އެއީ ވިހައަކަށް ހަދައިލާނެއެވެ. ސޫފިތައް އައިސް ވިހަވެސް ދޫކުރާނެއެވެ. އެއިން ކައިފިނަމަ ބޮޑެތި ބަލިތައް ޖެހޭނެއެވެ." މިއީވެސް މުސްލިމަކު ބުނި ވާހަކައެއް ނޫނެވެ.  

މިފަދަ ވާހަކަތަކުން އެނގެނީ ލޮބިވެތިކަނބަލުންގެ ހަށިގަނޑު ނިވާކުރުމަށް އެހެންދީންތަކުގެ މީހުންވެސް ދޭސަމާލުކަމެވެ. އަހުރެންގެ އާދޭހަކީ ތިއަ ލޮބުވެތި ކަނބަލުންނަށް ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެެގން ތިބުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ ދުވަހަށް ބިރުވެތިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން