ތިބާގެ ޙާލަތަށާ އިޙްޞާޞްތަކަށް ސަމާލުކަންނުދޭ މީހަކީ ތިބާދެކެ ލޯބިވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ތިބާގެ ޙާލަތަށާ އިޙްޞާޞްތަކަށް ސަމާލުކަންނުދޭ މީހަކީ ތިބާދެކެ ލޯބިވާ މީހެއް ނޫން!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނިކޮށްގެން ތިބެވޭނަމަ އެތިބެވެނީ ލޯބިވެގެން ކަމަށެވެ. ނަމަވެސް ލޯބިވުމާއި އެކުގައި ތިބުމަކީ ތަފާތު ދެކަމެކެވެ.  

އަހުރެން ބުނާނީ އެކުގައި އުޅުނަސް ތިބާގެ ޙާލަތަށާއި އިޙްޞާޞްތަކަށް ސަމާލުކަން ނުދޭނަމަ އެއީ ތިބާދެކެ ލޯބިވާ މީހެއް ނޫންކަމަށެވެ. މިކަން އިތުރަށް ތަފްޞީލްކުރަމާ ހިނގާށެވެ!  

ޙާލަތު:  

ޙާލަތު މިބުނަނީ އެދުވަހު އަނބިމީހާ ހުރި ޙާލަތަށެވެ. މިސާލަކަށް އުޅެނީ ބަލިވެއެވެ. އެކަން އެނގިހުރެވެސް އޭނާގެ މަސައްކަތަށް ލުޔެއް ނުދެއެވެ. ގަދަވެހުރެގެން ކުރާވަރަށް މަސައްކަތްކުރަން ޖައްސުވައެވެ. އެހެންކަންކަންވެސް ކުރަން ޖައްސުވައެވެ.  

އިޙްޞާޞްތައް:  

އިޙްޞާޞްތައް ދެގޮތަކަށް މާނަކުރެވިދާނެއެވެ. އެއްގޮތަކީ އޭނާގެ އަމިއްލަ ކޮންމެވެސް ކަމެއްގައި ދެރަވެފައި ހުރުމެވެ. ދެވަނަ ގޮތަކީ އޭނާއާއިމެދު ބައިވެރިޔާ ނުވަތަ ބައިވެރިޔާގެ ޢާއިލާގެ ބައަކު ކަންކަންކުރާގޮތުން ދެރަވެފައި ހުރުމެވެ.  

މިބަޔާންކުރި ކޮންމެ ޙާލަތަކާއި ގުޅިގެން ނަމަވެސް ބައިވެރިޔާއަށް ސަމާލުކަންދީ ރަޙުމްކޮށް އަދި އޯގާތެރިނުވާނަމަ އެއީ އެއްވެސް ވަރަކަށް ބައިވެރިޔާދެކެ ލޯބިވާ މީހެއް ނޫނެވެ. އެކަން އިޞްލާޙް ނުކުރިނަމަ އޮތީ އަވަހަށް އެހެން ގޮތެއް ވިސްނުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

މިއަދު އޮންލައިން