މައްސަލަތައް ޙައްލުނުކުރެވެނީ އަނބިމީހާއަށް އެންމެ އިސްކަންދޭން ބުނީމާ އެންމެ ފަހަތަށް ޖައްސާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މައްސަލަތައް ޙައްލުނުކުރެވެނީ އަނބިމީހާއަށް އެންމެ އިސްކަންދޭން ބުނީމާ އެންމެ ފަހަތަށް ޖައްސާތީ!

ވަރަށް ހެޔޮލަފާ ފިރިންނަށްވެސް އަނބިމީހާއަށް އެންމެ އިސްކަން ދިނުން އޮޅެއެވެ. އެހެންވެ އެމީހުން ކުރާކަމަކީ މުސާރަލިބޭއިރަށް އަވަސް އަވަހަށް ފައިސާކޮޅު ގެންގޮސް އަނބިމީހާގެ އަތަށް ދިނުމެވެ. ބުނަން ހެއްޔެވެ؟ އަނބިމީހާއަށް އެންމެ އިސްކަން ދިނުމަކީ އެއީއެއް ނޫނެވެ.  

އަނބިމީހާއަށް އިސްކަންދޭނަމަ އެންމެ ގާތް އެކުވެރިއަކަށްވެސް ހަދަންޖެހޭނީ އަނބިމީހާއެވެ. ކޮންމެ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަމެއް ކުރަންވުމުންވެސް ފުރަތަމަ މަޝްވަރާކުރަންވާނީ އަނބިމީހާއާއިއެވެ. އެއިގެ މާނައަކީ އަނބިމީހާ ބުނާހައިގޮތަކަށް ހުރިހާ ކަމެއް ކުރުމެއްވެސް ނޫނެވެ. އަނބިމީހާގެ ޚިޔާލާ ވިސްނުން އޮޅުންފިލުވައިގެން ކަންކަން ކުރުމެވެ.  

ދެން ކުރަންއޮތް އެންމެ މުހިންމު ކަމަކީ އަނބިމީހާއަށް ވަޤުތު ދިނުމެވެ. އެެހން މީހުންނަށް ވަޤުތުދޭންވާނީ އަނބިމީހާއަށް ވަޤުތު ދިނުމަށްފަހުގައެވެ.  

އެކަމަކު މިއަދުގެ ޙާލަތަށްބަލާށެވެ! މިބުނި ފަދައިން އަނބިމީހާއަށް އިސްކަންދެނީ މަދުފިރިއެކެވެ. މިބުނި ކަންކަމުގައި އަނބިމީހާ ބަހައްޓަނީ އެންމެ ފަހަތުގައެވެ. އެކަން ބޮޑުވީވަރުން ގިނަ ބައަކު އަނބިމީހާ ބަހައްޓަނީ ގެންގުޅޭ ފޯނަށްވުރެވެސް ފަހަތުގައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އަހުރެން މިބުނި މަގުން އަނބިމީހާއަށް އިސްކަންދީގެން އުޅޭނަމަ އުފާވެރިކަން ނުލިބިއެއް ނުދާނެއެވެ. އިން ޝާ ﷲ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

މިއަދު އޮންލައިން