މިއަދަކީވެސް ހުކުރު ދުވަހެކެވެ! މިދުޢާނުކުރާނަމަ އަވަހަށް ދުޢާކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މިއަދަކީވެސް ހުކުރު ދުވަހެކެވެ! މިދުޢާނުކުރާނަމަ އަވަހަށް ދުޢާކޮށްލާށެވެ!

ޔާ ﷲ! މިއަޅާއަށް ކުރެވިފައިވާ ފާފަތަކަށް ޢަފޫކޮށްދެއްވަވާނދޭވެ! މިއަޅާއާއި މިއަޅާގެ މައިންބަފައިންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އަދި ފާފައެއް ނުކޮށް ހުރުމުގެ ތައުފީޤް ދެއްވަވާނދޭވެ!  

ޔާ ﷲ! މިއަދަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އިނބަ ﷲ އެންމެ ބަރަކާތް ލެއްވެވި ދުވަހެވެ. އިނބަ ﷲ ގެ ދީލަތިވަންތަކަމުން މިއަޅާގެ ދިރިއުޅުމުގައި ބަރަކާތް އިތުރުކޮށްދެއްވަވާނދޭވެ! މިއަޅާއަށް ޙަލާލް ރިޒުޤް އިތުރުކޮށް ދެއްވަވާނދޭވެ!  

ޔާ ﷲ! މިއަޅާއަށް ަދތި އުނދަގޫކަމަކަށްވެފައިވާ ހުރިހާ ކަމެއް މިއަޅާއަށް ފަސޭހަކޮށްދެއްވަވާނދޭވެ! ވީހާ ގިނައިން އަޅުކަންކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާ ކުރާ އަޅުކަން ޤަބޫލުފުޅުކުރައްވަވާނދޭވެ! އާމީން

ހުކުރު ދުވަހަކީ ވީހާ ގިނައިން ދުޢާކުރަން އޮތް ދުވަހެކެވެ. ހުކުރުދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތާއި ދިމާކޮށް ދުޢާކުރެވިއްޖެނަމަ ވަޤުތުން ޢިޖާބަކޮށްދެއްވަވާނެތެވެ. ވީމާ މިދުޢާއަށް ތިބާ ބޭނުންވާ ހުރިހާ ކަމެއް އިތުރުކޮށްގެން ދުޢާކުރަމުން ގެންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން