ޖާސޫސްކުރުމުގެ ބޭނުމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ބޭސްއެއް ހަދައިގެން ތިބެން ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ "މިޒަމާނުގައި މީހުން ޖާސޫސް ކުރާނީ މިލިޓަރީ މީހުން އައިސް ރަށެއްގައި ތިބެ މޭމަތީގައި ''މީ ޖާސޫސެއް" ލިޔެފައި އޮންނަ ބެޖެއް ޖަހައިގެން ނޫން" ކަމަށެވެ.
އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ބެއިތިއްބުމާއި ބެހޭ އެއްވެސް ވާހަކައެއް އިންޑިއާ ސަރުކާރުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. މިވާހަކަތައް އިންޑިއާގެ ބައެއް ނޫސްތައް މެދުވެރިކޮށް ފަތުރުވަމުން ގެންދަނީ ކޮންބައަކު ކޮން މަޤްޞަދެއްގައިކަން އަދިވެސް ހޯދިފައެއް ނުވެއެވެ.
