ވައްކަމާއި އަނިޔާވެރިކަމުގެ މައްސަލަތައް ބަލަން އުޅޭތީ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކަންބޮޑުވެއްޖެއެވެ. މަޖިލީހުގައި ވާހަކަދައްކަމުން އަދުރޭ މިއަދު ބުނީ މުޙައްމަދު އަމީނުގެ ވެރިކަމުން ފެށިގެން ހިންގާފައިވާ ކަންކަން ބަލަންޖެހޭނެ ކަމަށެވެ. މުޙައްމަދު އަމީން އަވަހާރަކޮށްލި މައްސަލަ ވެސް ބަލަންޖެހޭނެ ކަމަށެވެ.
ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ހިންގި ޖަރީމާތައްވެސް ބަލަން ޖެހޭނެ ކަމަށެވެ. މިމޭރުމުން އދުރޭ ދައްކާފައިވާއިރު އެކަންކަމާއި ގުޅުންހުރި މީހުން މިއަދު ދުނިޔޭގައި ނެތްކަންވެސް އަދުރޭއަށް ނުއެނގުމުން ވައްކަމާއި އަނިޔާވެރިކަމުގެ މައްސަލަތައް ބަލަން އުޅޭތީ އޭނާ ކަންބޮޑުވެފައި ހުރި މިންވަރު ފާހަގަކުރެވުނެވެ. އަދުރޭ އަކީ ނިމިގެންދިއަ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ އެކަކުކަން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.