މިއަދު ވަހުނު ވާރޭގެ ސަބަބުން ޙާލުގައި ޖެހިފައިވާ 2 ޢާއިލާއަކަށް ގެސްޓް ހައުސް ފަދަ ތަނަކުން ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ ވިދާޅުވީ އެފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުން ފަރާތަކުން ކުރިމަތިނުލައިފިނަމަ ސަރުކާރުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.
ޙާލުގައި ޖެހިފައިވާ ގޭގެއަށާއި ޢާއިލާތަކަށް އެކި ފަރާތްތަކުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހައިތަނަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި އެސްޓީއޯ، ދިރާގު، އޫރިދޫ އަދި އަލިއާ ފަދަ ކުންފުނިތައް ހިމެނެއެވެ.