އިއްޔެ ބޯކޮށް ވެހެމުން ދިއަ ވާރޭގައި ވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމްދު ދީދީ ގަންބޫޓުގައި މަގުތަކަށް ނުކުމެވަޑައިގެން ކުރެއްވި މަސައްކަތަށް ގިނަ ބައަކު ދަނީ ތައޤރީފް ކުރަމުންނެވެ.
ޑިފެންސް މިނިސްޓަރުކަން އަންހެން ބޭފުޅަކަށް ނުކުރެއްވޭނެކަމަށް ކުރިން ވިދާޅުވަމުން ގެންދެވި ބައެއް ބޭފުޅުންވެސް އިއްޔެ ވަނީ ރާގު ބަދަލުކުރައްވައިފައެވެ. ގިނަ ބައަކު ބުނެފައިވަނީ ބޭނުންފުޅުވި ނަމަ ކޮމާންޑް ސެންޓަރުގައި އިންނަވައިގެން ވެސް ހާލަތު ބެއްލެވުނީސް ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ކުރެއްވުމުގެ ބަދަލުގައި ސިފައިން އެލަރޓަށް އައުމާއިއެކު މާރިޔާ ވަނީ މަގުތަކަށް ނުކުންނަވައި ކަންކަން ހިނގަމުންދާ ގޮތް އަމިއްލަފުޅަށް ބައްލަވަން ފަސްޓަވާފައި ކަމަށެވެ.
މާރިޔާ ވަނީ އިއްޔެ މާލޭގައި ފެން ބޮޑުވުމާއި ގުޅިގެން ސިފައިންނާއި ފުލުހުން އަދި ގިނަ ބައަކު ކުރި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އިއްޔެ އެނގިގެން ދިއަ އެއްކަމަކީ ކޮންމެ އަހަރަކު ދައުލަތުގެ ދަރަންޏަށް ބޭރުގެ ދަރަނި އެކަނިވެސް 3.7 ބިލިއަން ޑޮލަރު އިތުރުކުރަމުން ހިންގި ސަރުކާރުން ކުއްލި ޙާލަތުގައި ބޭނުންކުރާނެ ވަސީލަތްތައް ވެސް އެމްއެންޑީއެފަށް ހޯދައި ދީފައި ނުވާކަމެވެ. އެހެންކަމުން ފުރަތަމަވެސް ސިފައިންނަށް ޖެހުނީ ވަސީލަތަތަކަށް އެދި އާދޭސްކުރަން ކަމެވެ.