ރަސޫލުﷲ (ޞޢވ) ގެ ކިބައިން ރިވާވެގެންވެއެވެ. "މެންދުރު ނަމާދުގެ ކުރިން ކުރެވޭ 4 ރަކްޢަތަކީ ދަމުނަމާދާއި އެއްފަދަ އެއްޗެކެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މެންދުރު ނަމާދު ޖަމާއަތުގައި ކުރުމުގެ ކުރިން 4 ރަކްޢަތް ކުރެވޭނީ ބަންގި ގޮވާއިރު މިސްކިތުގައި ހުރެގެންނެވެ.

މިފަދަ މަތިވެރި ސަވާބު ލިބޭ ކަމެއް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ވީމާ ބަންގި ގޮވުމުން މިސްކިތަށް ދިއުމުގެ ބަދަލުގައި ކުރިއަށް މިސްކިތަށް ގޮސް ބަންގި ގޮވުމުން ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. ކުރަންޖެހޭނެ ކަމަކީ ހަމަ އެންމެ 5 މިނިޓް ކުރިއަށް ޖައްސައިލުމެވެ. މިސްކިތުން ވުޟޫ ކުރާމީހާ އެކަމަށް ވަގުތުލައި މިސްކިތަށް ދިއުމެވެ.