މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނަސަންދުރަ ޕެލަސް ހޮޓެލް ޤާނޫނާ ހިލާފަށް ކުއްޔަށް ދީފައިވާކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ތަހުގީގުކުރަން ފަށައިފި ކަމަށް މިއަދު ހާމަކޮށްފިއެވެ.
މިމައްސަލަ މީގެކުރިން ތަހުގީގުކުރުން ހުއްޓާލާ ބޭރުކޮށްލާފައިވަނީ، ތަހުގީގަށް ބޭނުންވާ ވަރަށް ހެކި ނެތިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަސަންދުރަ ޕެލަސް ހޮޓަލް ހިންގުމުގެ މަސައްކަތް އަށް އަހަރު ދުވަހުގެ މުއްދަތަކަށް ވީސްކޮށް، ޕްރައިވެޓް ކުންފުންޏަކާއެކު 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ލީސް އެގްރިމަންޓްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އަށްލައްކަ ޑޮލަރ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް ދައްކާފައިވާކަން އެނގޭ ކަމަށް އެސީސީން ބުނެއެވެ.