ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ޕޮލިހަށް

ކިޔުމަށް ހޭދަވާނީ 1މ 3ސ
ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ޕޮލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު، ޖަމާކުރި މައްސަލަ ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

 

އެމްއެމްޕީއާރްސީ އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު އަމިއްލަ ކުންފުންޏަކުން ޖަމާކުރިއިރު، އެ ކުންފުނީގެ އެކައުންޓަށް ޖަމާވެފައި ހުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ.

 

މީގެއިތުރުން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެސްއޯއެފް ކުންފުނީގެ ސެކްރެޓަރީ ކަމަށްވެސް އޭސީސީން ބުންޏެވެ.

 

އޭސީސީން ބުނި ގޮތުގައި މިހާތަނަށް އައިއިރު، ހިއްސާދާރުންނާ ސުވާލު ނުކުރެވެނީ ރާއްޖޭން ބޭރުގައި ތިބީމަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އެ މީހުންގެ ބަސް ހޯދަން ޖެހޭތީ، އެމީހުން އޭސީސީ އަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

މިއަދު އޮންލައިން