ރާއްޖެއިން ހޮންގކޮންގަށް 7 ކިލޯ ކޮކޭއިން އެތެރެކުރަން އުޅުނު 3 މީހަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ރާއްޖެއިން ހޮންގކޮންގަށް 7 ކިލޯ ކޮކޭއިން އެތެރެކުރަން އުޅުނު 3 މީހަކު އަތުލައިގެންފި

ރާއްޖެއިން ހޮނގކޮންގއަށް 7 ކިލޯ ކޮކޭން އެތެރެކުރަން އުޅުނު 3 މީހަކު ހޮންގކޮންގގެ ކަސްޓަމްސް އޮފިސަރުން އަތުލައިގެންފިއެވެ.

މިމީހުން އަތުލައިގެންފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ. މިމައްސަލައިގައި އަތުލައިގެންފައިވަނީ 21 އަހަރާއް 23 އަހަރުގެ 2 ފިރިހެނުންނާއި 21 އަހަރުގެ އަންހެނެކެވެ. މިމީހުން މިތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ 16 ކޮތަޅެއްގައި ބަންދުކޮށް ލަގެޖުގައި ފޮރުވައިގެންނެވެ. މިމީހުން އަތުން އަތުލައިގަތް ކޮކޭންގެ މަގުމަތީ އަގަކީ 8 މިލިއަން ހޮނގކޮންގ ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 1 މިލިއަން އެމެރިކާ ޑޮލަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިމީހުންނަކީ ރާއްޖޭގައި ޝުއްޓީ ހޭދަކުރުމުގެ ފުރުޞަތު ހިލޭ ދީގެން ޑްރަގް ގޭންގްތަކުން މިކަމަށް ޚާއްޞަކޮށްގެން ރާއްޖެއަށް ފޮނުވާ މީހުންނެވެ. މިކަމުން އެނގެނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖޭގައި އެބަ ގެންގުޅޭކަމެވެ.

މިއަދު އޮންލައިން