މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް ހައްޤު ނޫން ވާހަކަ ފެތުރުމަކީ ކުރެވޭ ބޮޑު ފާފައެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް ހައްޤު ނޫން ވާހަކަ ފެތުރުމަކީ ކުރެވޭ ބޮޑު ފާފައެއް!: ޑރ. އިޔާޟް

"ތިމާގެ ދުލުހުން ޙައްޤު ބަހެއް ނޫނީ ނުބުނާށެވެ! މީހަކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް، އަދި ރުޅި އައި ނަމަވެސް ހައްޤުމަގުން (ތިމާ) އެއްކިބާކުރާ ކަމެއް ކަމުގައި ނުހަދާށެވެ." މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ. މިބަސްކޮޅާއިއެކު ޓްވީޓްކުރައްވާފައިވަނީ ކީރިތި ޤްރްއާނުގެ މާއިދަތު ސޫރަތުގެ 8 ވަނަ އާޔަތެވެ.

އެއާޔަތުގެ މާނައިގައި ވަނީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކު މީހުން ދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަ ބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިއަ ބައިމީހުން ޢަދުލުވެރިވާށެވެ!

އެ ގޮތް ތަޤްވާވެރިކަމާއި ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިއަބައި މީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ.!" ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި ގިނަ ބައަކު ފޮރުވި ތިބެ އެމީހުން ނުރުހޭ މީހުންގެ މައްޗަށް ޙައްޤު ނޫން ބަސްތައް ބުނެ ބޮޑެތި އިލްޒާމްތައް ގެންދަނީ އަޅުވަމުންނެވެ.

 

އަދި ތިމާ ނުރުހޭ މީހުންނާއިމެދު ކަނޑައެޅިގެން ދޮގު މައުލޫމާތުތައް ވެސް ގެންދަނީ ފަތުރަމުންނެވެ. މިއާޔަތުގައި ވެސް "ހަމަކަށަވަރުން ﷲ އީ، ތިއަބައި މީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ.!" އޮތުމުން ފޭކް އައިޑީތަކުގައި ބަސްތައް ބުނި ނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމާއި އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމުގެ ހެއްކަކަށް ފުދެއެވެ. މީހަކާއިމެދު ފަތުރާ ކޮންމެ ވާހަކައަކީ އެމީހަކާއިމެދު ދެވޭ ހެއްކެކެވެ.

އެހެންކަމުން މި އާޔަތުގައިވާ "ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކު މީހުން ދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަ ބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހެދުމަށް" އޮތް ބަސްފުޅަށް ކިޔަމަންވުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

މިއަދު އޮންލައިން