ސިޔާސީ ޕާޓިތަކައް ފައިސާ ލިބިލައްވާނީ، އެ ޕާޓިއަކުން އީސީއަށް ހުށައަޅާ ފޯމުތަކުގެ ނިސްބަތުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ސްޕޯކްސް ޕާރސަން އަދި މެމްބަރު އަހްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ޕާޓީތަކުން ޑިސެމްބަރު މަހުގެ 31 ގެ ކުރިން މެމްބާޝިޕް ފޯމްތައް އިލެކްޝަނަށް ހުށަހެޅުމަށް ސަމާލުވުމަށެވެ.
ސިޔާސީ ޕާޓީތަކައް ދެއްވާ ފައިސާ ލިބިލައްވާނީ، ޑިސެމްބަރު 31 އާ ހަމައަށް ޕާތީތަކުން އީސީއަށް ހުށައަޅާ ފޯމްތަކުގެ ތެރެއިން ސައްޙަ ފޯމްތަކުގެ ނިސްބަތުން ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައި ވެއެވެ. އަކްރަމް މިހެން ޓްވީޓްކުރެއްވި އިރު، ރާއްޖޭގައި މިހާރު އޮތް ބޮޑެތި ޕާޓީތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އީސީއަށް ހުށައަޅާފައިނުވާ 33000 (ތެއްތިރީސް ހާސް) މެމްބާޝިޕް ފޯމް އެޕާޓިގެ އޮފީހުގައި އަދިވެސް އެބަހުރި ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި ވަރަށް އަވަހަށް އެ ފޯމްތައް އީސީއަށް ހުށައަޅާނެ ކަމަށް އެމްޑީޕީން ބުނެއެވެ. މިދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ އެއްމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެއް) އޮތް ނަމަވެސް، މިއަހަރު ރައްޔިތުންގެ ތާއީދާއި، ފެތުރެމުންދާ އަޑުތަކައް ބަލާއިރު، މި ޝަރަފު ލިބުން އެއްމެ ގާތީ އެމްޑީޕީއަށެވެ.