ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންސް ކައުންސިލެއް އުފައްދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންސް ކައުންސިލެއް އުފައްދަނީ

ދިވެހިރާއްޖެގައި ފުރަތަމަ ފަހަރަށް ސައިންސް ކައުންސިލެއް އުފައްދަން ކޮމިއުނިކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

 

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ވަނީ ރާއްޖޭގައި ސައިންސް ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން އިއުލާން ކުރައްވާފައެވެ.

 

މިނިސްޓާރ ވިދާޅުވީ، ޓެކް ކައުންސިލާއި ސައިންސް ކައުންސިލަށް ދިހަ ވަރަކަށް މެންބަރުން ހޮވާލާނެކަމަށާއި، އެގޮތުން ރާއްޖޭގެ ހުނަރުވެރި ޢިލްމީ ބޭފުޅުންވެސް މި ކައުންސިލްތަކާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެތެރޭގައި ޕްރޮފެސަރ އުޤެއިލާއ، ޑރ. ޝާފިއު، އަދި ޑރ. ޢަބްދުﷲ ޝަރީފް ފަދަ ބޭފުޅުން ހިމެނޭނެކަމަށް ވެސް މިނިސްޓާރ ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސައިންސް ކައުންސިލަށް ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަންވެސް ހޯދާނެކަމަށެވެ.

 

ލިޔުނީ: ޒިދާން މުހައްމަދު

 

މިއަދު އޮންލައިން