ފުލުހުންގެ ތަރުޖަމާނަކަށް ފުރަތަމަ ފަހަރަށް އަންހެނެއް، އިޒްމިއާ

ކިޔުމަށް ހޭދަވާނީ 1މ 1ސ
ފުލުހުންގެ ތަރުޖަމާނަކަށް ފުރަތަމަ ފަހަރަށް އަންހެނެއް، އިޒްމިއާ

ފުލުހުންގެ ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ހަމަޖައްސައިފި އެވެ. އިޒްމިއާއަކީ އެމަގާމަށް ހަމަޖެއްސި ފުރަތަމަ އަންހެން އޮފިސަރުވެސް މެއެވެ.

 

އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް ފުރަތަމަ އަހަރަށް އަންހެން ތަރުޖަމާނެއް ހަމަޖައްސާފައިވާ ކަމަށެވެ. އަމާޒަކީ ކުރިއަށް ވުރެ ބޮޑަށް މީޑިއާ އާއި އާއްމުންނާ ވީހާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިޒްމިއާ އަކީ ފުލުހުންގެ ތާރީޚުގައި ތިންވަނަ އަށް ކޮމިޝަންޑް އޮފިސަރަކަށްވި އަންހެން ފުލުހެވެ. ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލުން އިޒްމިއާ ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

 

މީގެކުރިން ފުލުހުންގެ ތަރުޖަމާނަކަށް ހުންނެވީ ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން އެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ފުލުހުންގެ ފަރާތުން ޝިފާން ވާހަަކަ ދައްކާފައެއް ނުވެއެވެ.

މިއަދު އޮންލައިން