މ.ކޮޅުފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ކޮޅުފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑިސެމްބަރ 19 ވަނަ ދުވަހުގެރޭ 21:03 ހާއިރު ކޮޅުފުށީ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މަގުމަތިން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާސްފަސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ކަރުދާސްކޮޅާއި، ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މިމައްސަލަަ މ.ކޮޅުފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންއެވެ.