އައްޑޫ ސިޓީ މަރަދޫ ހުންނަ އެމްޑީޕީ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައިފިއެވެ.
މިތަކެތި ހޯދާފައިވަނީ، މަރަދޫ ހުންނަ އެމްޑީޕީ އޮފީހުން ވައްކަން ކޮށްފައިވާކަމަށް ބުނެ ޑިސެމްބަރ 15ވަނަ ދުވަހު ހުޅަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަންގައި، އެއޮފީސް ހުރި ސަރަޙައްދުގައި ހުރި ފަޅުގެއެއް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ދެ އޭ.އެމް.ޕީއާއި، ދެ ޕްރޮޖެކްޓަރާއި، ހަތް ރިމޯރޓާއި، ކޭބަލްތަކަކާއި އަދި މޮޑަމެއް ވެސް ވަނީ ފެނިފަ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.