"ފާސްޓް ޓްރެކަށް" ލައިގެން ވެސް ބިލްތައް ފާސްކުރަން މަސައްކަތް ކުރިން: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
"ފާސްޓް ޓްރެކަށް" ލައިގެން ވެސް ބިލްތައް ފާސްކުރަން މަސައްކަތް ކުރިން: ޤާސިމް އިބްރާހީމް

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގައި ހުރި ކޮންމެހެން ފާސްކުރަންޖެހޭ މުހިންމު ބިލްތައް ފާސްކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާނެ ކަމަށާއި އެންމެ ފަހު ދުވަހު ވެސް މުހިންމު ބިލްތައް ފާސްކުރުމުގެ މުހިންމުކަން ބަޔާން ކުރައްވައި ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

މިއަދު ހޮޓެލް ޖެންގައި ބޭއްވި ކޯލިޝަނުގެ ވެރިންގެ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން ޑިސެމްބަރު 1 ވަނަ ދުވަހަކީ  މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަސް ކަމަށާއި ނަމަވެސް ޑިސެމްބަރު މަހުގެ 15 ވަަނ ދުވަހާއި ހަމައަށް ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއިއެކު ޑކަމަށެވެ.

 

         

 

"މަސައްކަތްތަކެއް ބަހައްޓާފަ މަޖިލިސް ޗުއްޓީއަށް ދިއައީއެއް ނޫން. ޕާލެމެންޓްރީ ގްރުޕުތަކާ މަޝްވަރާ ކުރިން. އިތުރު ހުށަހެޅުމެއް ހުށަނޭޅީމަ ޗުއްޓީއަށް ދިއައީ. ޗުއްތީ ދުވަސްވަރުވީމަ މައެއް މެންބަރުން ބަލިވެގެންވެސް ފުރައިގެން ދިއައީ އެމެންބަރުންނަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފައިގެން. ޕީޕީއެމްގެ އެއްވެސް މެންބަރަކު އެދުވަހު މަޖިލީހަށް ނުވަނީ. ރައްޔިތުންގެ މައްޗަށް އަމަލުކުރަން ލާޒިމުވާ ކަންކަމަށް 43 މެންބަރުން ހަމަ ނުކޮށް މަޞީޙްގެ ރިޔާސަތުގައި ވޯޓަށް އެހި ނަމަވެސް އެގޮތަށް ޤާނޫނާއި ޚިލާފަށް ކަންކަން ކުރާކަށް އަޅުގަނޑު ނެތިން."

 

ޕާޓީތަކުގެ ޕީޖީ ގްރޫޕުތަކުން މަޝްވަރާ ކުރެއްވުމަށްފަހު މާދަމާ ޖަލްސާއެއް ބާއްވަން ނިންމި ނަމަވެސް ޖަލްސާ ބާއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

 

މިއަދު އޮންލައިން