ޔަމަނަށް އެހީވުމަށް ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޔަމަނަށް އެހީވުމަށް ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހުޅުމާލޭގައި ހާއްސަ އިވެންޓެއް ކުރިއަށް ގޮސްފިއެވެ. މި އިވެންޓް ކުރިއަށް ގޮސްފައިވަނީ އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައެވެ.

"އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" އަދި "ހެޔޮ ބިންގާ ހަރަކާތް" ގުޅިގެން ކުރިއަށް ގެންދިޔަ މި އިވެންޓުގައި، ދެ ފަންޑު ފޮއްޓެއް ބެހެއްޓިފައި ހުށްޓެވެ. އަދި ފަންޑްރައިޒް ކުރުމުގެ ގޮތުން ހެދިކާ ވިއްކުން ވެސް މި އިވެންޓުގެ ތެރެއިން އެ ސަރަހައްދުގައި ކުރިއަށް ދިޔައެވެ.

ހަމަ އެހެންމެ، ކުޑަކުންދިންނަށް ހާއްސަކޮށްގެން ބައެއް ހަރަކާތައްވެސް މި އިވެންޓުގައި ކުރިއަށް ގޮސްފައި ވާ ކަން ފާހަގަކޮށްލަމެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ކުރިއަށް ދިޔަ މި އިވެންޓުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޒުވާނުންގެ އެހީތެރިކަން ލިބުނު ކަމަށް، މި ހަރަކާތް އިންތިޒާމްކުރި ފަރާތުން މިއަދުނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މީގެ އިތުރުން، "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" އިން ދަނީ ޔަމަނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 8 އަތޮޅެއްގެ 11 ރަށުގައި މި ފަންޑަށް ފައިސާ ޖަމާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އެގޮތުން، ފަންޑަށް ފައިސާ އެއްކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކާއެއްޗެހި ވިއްކުމާއި، ވެހިކަލް ދޮވެދިނުމާއި، ޖަމްބަލް ސޭލްފަދަ ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ ދަށުން އެއްކުރެވޭ ފައިސާ ޔަމުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައވަނީ ތުރުކީގެ އީހާހާ ޖައްމިއްޔާ މެދުވެރިކޮށްކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން މައުލޫމާތުދެއެވެ. ޒިދާން މުހައްމަދު

މިއަދު އޮންލައިން