ޕީޕީއެމުން ރޭ ކުރި މުޒާހަރާގައި އެންމެ ގިނައިން ގޮވާފައިވަނީ "ދަރަނިބޯ ދަރަނިބޯ" އެވެ. ރައީސް ޔާމީނުގެ މާލީ ވަޒީރު މަޖިލީހުގައި ވިދާޅުވީ ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ ބޭރުގެ ދަރަންޏަކީ 28.5 ބިލިއަން ޑޮލަރު ކަމަށެވެ.
އަދި ރައީސް ވެރިކަން ރައްޔިތުންގެ ވޯޓުން ނިންމައިލި އިރު ޤައުމުގެ ދަރަންޏަކީ 47 ބިލިއަން ޑޮލަރު ކަމަށެވެ. މިއަދަދުތަކަށް ބަލާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ބޭރުގެ ދަރަނި މިވަނީ 18.5 ބިލިއަން ޑޮލަރު އިތުރުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ދޫކޮށްފައިވާ ސޮވްރިން ގަރަންޓީތަކަށް ލޯނު ނަގާފައިވާ ސީދާ އަދަދު އަދިވެސް ސާފުނުވާ ކަމަށާއި ލަފާކުރެއްވޭ ގޮތުން 4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އަދި މީގެ ތެރެއިން ބައެއް ލޯނުތައް ނަގާފައިވަނީ ވުޖޫދުގައި ފެންނަންވެސް ނެތް ކަރުދާސް ކުންފުނިތަކަކުން ކަމަށާއި އެކުންފުނިތަކުގެ އިސް ވެރިން ވެސް ނުފެނުމުން ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި މި ލޯނުތައް ނުދައްކައިފިނަމަ ދަރަނި އެޅޭނީ ރައްޔިތުންގެ ބޮލުގައި ކަމަށެވެ.
އެހެންކަމުން ޕީޕީއެމުން ރޭ ބޭއްވި މުޒާހަރާގައި ބައެއް މެންބަރުން ކަންބޮޑުވުން ފައުޅުކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި 18.5 ބިލިއަން ޑޮލަރު އިތުރަށް ދަރަނިވެރިކުރުވާފައިވާތީ ކަމާއިމެދު ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
https://twitter.com/faraa_farhaan/status/1076179439350738944