ޑރ ޖަމީލް ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޑރ ޖަމީލް ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވަނީ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވުމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ނިންމަވައިފިއެވެ. އެމަނިކުފާނު ވަނީ ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާކަން މީޑިއާއަށް ޔަގީންކޮށްދެއްވާފައެވެ.

 

ޖަމީލު މަޖިލީހަށް ކުރިމަތިލާފާނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ ރޭ ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި އޭނާ ބުނެފައި ވަނީ. ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ ކަމަށާއި މި މަސައްކަތް ފެށުން މާ ލަސްވެއްޖެ ކަމަށެވެ.

"ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ. މި މަސައްކަތް ފެށުން މާ ލަސްވެއްޖެ" އޭނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

 

ޑރ ޖަމީލް ވިދާޅުވީ ވިލިމާލެއަކީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހިފައިވާ ރަށެއްކަމަށެވެ. ޚާއްސަކޮށް ވެރިރަށް މާލެއާއި، ހުޅުމާލެ ތަރައްގީވެގެންދާއިރު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް ލިބެންޖެހޭކަމަށެވެ.

 

ރައްޔިތުންގެ މަަޖިލީހަށް ޝައުގުވެރިވާކަން ޑރ ޖަމީލް މީގެ ކުރިން ވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި މިހާރު މިވަނީ ވާދަކުރައްވާނެކަން ޔަގީންކޮށްދެއްވާފައެވެ.

މިއަދު އޮންލައިން