ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގެ މަޤާމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އައްޔަން ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މިނިސްޓަރުންގެ ތެރެއިން އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރ އިމްރާން އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ ކުރިން ވެސް މި މަޤާމު ފުރުއްވަމުން ގެންދެވީ، އެއިރަކު ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެކެވެ.
އެލްޖީއޭގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ، ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ގުޅޭ ކަންކަމުގައި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި މަޖިލީހަށް ޖަވާބުދާރީ ވުމެވެ.
އެލްޖީއޭގެ ނައިބު ރައީސް ކަނޑައަޅާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފިޔަވާ ބޯޑުގައި ތިބޭ މެމްބަރުން ނަގާ ވޯޓަކުން އިންތިހާބު ކުރާ ބޯޑް މެމްބަރެކެވެ.
ލިޔުނީ: ޒިދާން މުހައްމަދު