ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ މަޖިލިސް އިންތިޚާބުގަ ވާދަކުރަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ މަޖިލިސް އިންތިޚާބުގަ ވާދަކުރަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު ޖުމްހޫރީ ޕާޓީގެ ފަރާތުން ހުޅުވާލައިފިއެވެ.

 

ޖޭޕީން ބުނެފައިވަނީ އެގޮތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާއަށް އެކަންކަން ހުށަހަޅުއްވަމުން ގެންދަވަން އެދޭ ކަމަށާއި ހުށަހެޅުމުން އިދާރީގޮތުން ކުރަންޖެހޭ ކަންކަންކޮށް އިއުލާން ކުރަންޖެހޭ ކަންކަން އިއުލާންކުރާނެ ކަމަށެވެ.

 

"އަޅުގަނޑުމެން މިއަދު ވަރަށް މުހިންމު ނިންމުމެއް ނިންމާފައި މިއޮތީ. އަޅުގަނޑުމެން އަދި ވަކި ދާއިރާއަކަށް ކުރިމަތިލުމަށް ނުވަތަ ވަކި ދާއިރާއެއް ދޫކޮށްލުމަށް އެކަހަލަ އެއްވެސް މަޝްވަރާއެއް ނުކުރެވޭ. އަދި ދާއިރާތަކަށް ކުރިމަތިލާނީ ކޮންގޮތަކަށްތޯއެއް މަޝްވަރާއެއް ނުކުރެވޭ." ކަމަށްވެސް ޖެޕީން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން