ދައުލަތަށް ދެއްކުމުގެ ދައުވާއަކާ ގުޅިގެން، ގޭ ބަންދުގައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު މިނިވަންކޮށްފިއެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި، ދައުލަތުން އޭނާގެ މައްޗަށް ބިރުދެއްކި ކަމުގެ ދައުވާ ކުރީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ކުރިން ޖަލު ބަންދުގައި ވެސް ބެހެއްޓި އެވެ. ނަމަވެސް، ފަހުން ގޭ ބަންދަށް ދޫކޮށްލީއެވެ.
އޭނާ ބަންދުން ދޫކޮށްލީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޭނާގެ ވަކީލް އެކަމަށް އެދުމުންނެވެ. އަދި އެކަމަށް ދައުލަތުން ވެސް ދެކޮޅު ހަދާފައި ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. ޝުމްބާ ބަންދުން ދޫކޮށްލިޔަސް މި މައްސަލައިގައި ޢެނާގެ މައްޗަށް ހުކުމެއް އަދި ނުކުރެއެވެ.
މީގެ ތިން އަހަރު ކުރިން، 2015 ގައި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް އިއުލާން ކުރުމަށްފަހު، ޝުމްބާ ރާއްޖެ ރާއްޖެ ގެނެސްފައި ވަނީ، ސިލޯނުގައި ހުށްޓާ ހައްޔަރުކޮށްގެނެވެ. ނަމަވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތެއް ހިންގިފައި ނެތެވެ.
ލިޔުނީ: ޒިދާން މުހައްމަދު