އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގަ އަލްޙަމްދަށްފަހު އޮތީ އަޑުއެހުމެވެ!: ޑރ. އިޔާޟް

ކިޔުމަށް ހޭދަވާނީ 40ސ
އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގަ އަލްޙަމްދަށްފަހު އޮތީ އަޑުއެހުމެވެ!: ޑރ. އިޔާޟް

އިމާމް މީހާ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމް މީހާ އަލަޙަމްދު ކިޔުމުން އާމީން ކިޔައި އަލްޙަމްދު ކިޔެވުމަށަފަހު އޮތީ އަޑުއެހުމެވެ! 

"ބާރަށް ކިޔަވާ ނަމާދުތަކުގައި އިމާމް މީހާގެ ފަހަތުގައި ހުރެ ނަމާދުކުރާ ނަމަ ކިޔަވާނީ ހަމައެކަނި ސޫރަތުލްފާތިޙާ (އަލްހަމްދު) އެވެ. ބާކީ ބައިގައި ތިބޭނީ އިމާމް މީހާ ކިޔަވާ އަޑުއަހާށެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާފަ، އެހެން ސޫރަތްތައް ކިޔަވަންޖެހޭނީ އިމާމް މީހާގެ އަޑުދަށުންތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިކަން ނުއެނގި މިހާރުވެސް ބައެއް މީހުން އިމާމް މީހާގެ އަޑުދަށުން ސޫރަތް ކިޔަވަން މަސައްކަތް ކުރެއެވެ. އެހެންކަމުން އެއީ އިޞްލާޙްކުރަންޖެހޭ ކަމެއްކަން ޑރ. އިޔާޟްގެ މި ބަސްފުޅުން ހާމަވެގެންދެއެވެ.

 

މިއަދު އޮންލައިން