އަބްދުއްރަޙީމް ޕީޕީއެމް އިން ވަކިވެއްޖެ، އާ ޕާޓީ އުފައްދަން އަލުން ހުށަހަޅަނީ

ކިޔުމަށް ހޭދަވާނީ 46ސ
އަބްދުއްރަޙީމް ޕީޕީއެމް އިން ވަކިވެއްޖެ، އާ ޕާޓީ އުފައްދަން އަލުން ހުށަހަޅަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ އުފައްދަން އަލުން ހުށަހެޅުމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ، މިއަދު އެޕާޓީއިން ވަކިވެވަޑައިގެންފިއެވެ. 

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ރައީސް ޔާމީން އުފައްދަވާ ޕާޓީ އުފެއްދުމަށް އިއްޔެ ހުށަހެޅުއްވީ އަބްދުއްރަޙީމް އެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައިވުމުން، އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދެވޭނެ ކަމަށް އީސީއިން މިއަދު ވަނީ ނިންމާފައެވެ.

އެހެންކަމުން އެޕާޓީ އުފެއްދުމަށް އަލުން ހުށަހެޅުމަށް، އަބްދުއްރަޙީމް ވަނީ މިއަދު ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ. ނަމަވެސް ޕީއެންސީ އުފެއްދުމަށް އެދި އަލުން ހުށަހަޅާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން