އައު އަހަރާއި ދިމާކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޚާއްސަ މަސައްކަތްތަކެއް މާދަމާ ފަށާނީއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަސައްކަތްތަކަކީ އައު އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަންނެކެވެ.
އެގޮތުން މި މަސައްކަތްތަކުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެ ކަމަށާއި މި އޮޕަރޭޝަނުގައި ފާރަގެމަ ބޭނުންކޮށްގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެއާއި ކައިރި ރަށްރަށުގައި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.