ޙަރާމް އެއްޗެއް ކައިގެން، ބޮއިގެން ނުވަތަ ހަރާމް ގޮތުގައި ހޯދާފައިވާ އަންނައުނު ލައިގެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޙަރާމް އެއްޗެއް ކައިގެން، ބޮއިގެން ނުވަތަ ހަރާމް ގޮތުގައި ހޯދާފައިވާ އަންނައުނު ލައިގެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެ: ޑރ. އިޔާޟް

"ތިމާ އާއި އަނބިދަރިންނަށް ކާންދޭ ފައިސާއަކީ ޙަލާލު ފައިސާ ކަމުގައި ހަދަން ޖެހޭނެއެވެ. ޙަރާމް އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ ހަރާމް ގޮތުގައި ހޯދާފައިވާ އަންނައުނު ލައިގެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ކަމުގެ ޙުކުމް އިސްލާމް ދީނުގައި އޮތް ގޮތް ޑރ. އިޔާޟް މިމޭރުމުން ބަޔާންކޮށް ދެއްވަވާފައިވާއިރު މުޖުތަމައުގައި ވައްކަމާއި ކޮރަޕްޝަން ޢާންމުވެފައިވާ ވަރުން މިފަދަ ކަންކަމަށް ބަލަނީ ވަރަށް މަދު މީހެކެވެ. ޙަރާމް ހަލާލަށް ނުބަލައި ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ބޭނުންކުރަން ފާއިތުވި އަހަރުތަކުގައި ދެމުން ގެންދިއަ ހިތްވަރުގެ ސަބަބުން ގިނަ ބައަކަށް ވަނީ ޙަރާމް ޙަލާލަކީ އޮންނަ ކަމެއްކަން ޤަބޫލުކުރަން ވެސް އުނދަގޫވެފައެވެ.

ޑރ އިޔާޟްގެ ބަސްފުޅުން އެނގިގެންދަނީ ތިމާ އާއި އަނބިދަރިންނަށް ކާންދޭ ފައިސާއަކީ ޙަލާލު ފައިސާ ކަމުގައި ހަދަން ޖެހޭނެ ކަމާއި ޙަރާމް އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ ހަރާމް ގޮތުގައި ހޯދާފައިވާ ފޭރާން ލައިގެން ކުރާ ދުޢާ އިޖާބަ ﷲ ތަޢާލާ ނުކުރައްވަވާނެ ކަމެވެ. ވީއިރު އެފަދަ ފައިސާ ބޭނުންކޮށްގެން އަޅާ ގެދޮރަށް ލަޢްނަތް ލައްވަވާނެ މިންވަރާއިމެދު ވިސްނައިލި ނަމަވެސް ގައިން ހީބިހި ނަގައިގެންދެއެވެ.

މިއަދު އޮންލައިން