
ހިނައިގަތުމަށްފަހު ވުޟޫ ނުކޮށް ނަމާދު ކުރެވޭނީ ހިނައިގަތުމުގެ ކުރިން ވުޟޫ ކޮށްފައިވާނަމައެވެ. މާނައަކީ ހިނައި ގަތުމުގެ ކުރިން ވުޟޫ ކޮށްފައިވާނަމަ ވުޟޫ ނުކޮށް ނަމާދު ކުރެވިދާނެއެވެ. ނޫންނަމަ (ހިނައިގަތުމުގެ ކުރިން ވުޟޫ ނުކުރާނަމަ) ނަމާދުކުރުމަށްޓަކައި ވުޟޫ ކުރަން ޖެހޭނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް