ބިމަކީ ސާފުޠާހިރު ތަނެއްކަމަށް ރަސޫލާ (ﷺ) ކުރެއްވެވި ޙަދީޘްފުޅުގެ ތެދުކަން ސައިންސްވެރިންނަށް މިހާރު އެނގިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބިމަކީ ސާފުޠާހިރު ތަނެއްކަމަށް ރަސޫލާ (ﷺ) ކުރެއްވެވި ޙަދީޘްފުޅުގެ ތެދުކަން ސައިންސްވެރިންނަށް މިހާރު އެނގިއްޖެ

ބިމަކީ ސާފުޠާހިރު ތަނެއްކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅުގެ ތެދުކަން ސައިންސްވެރިންނަށް މިހާރު އެނގިއްޖެއެވެ. ސައިންސް ވެރިންގެ ހޯދުންތަކުން ބެކްޓީރިއާ މަރާނެ އެންޓިބައިޓިކްސް ބިމުގައި އެކުލެވިގެންވާކަން މިހާރު ވަނީ ހޯދިފައެވެ.

މީގެ 1400 އަހަރު ކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ބިމަކީ ސާފުތާހިރު ތަނެއް ކަމަށެވެ. ފެން ނެތިއްޖެނަމަ ތަޔައްމަމުކުރުމަށެވެ. ސަފުޠާހިރު ވުމަށް ބިން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ބިމުގައި ނަމާދުކުރުމަށެވެ. ބިން ލައްވަވާފައިވަނީ ރަސޫލް (ﷺ) އާއި އުންމަތުގެ މީހުން ނަމާދުކުރުމަށް ކަމަށެވެ. 

މިފަދަ ކަންކަމުން އެނގި ސާބިތުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ. ހޯދައި ބެލިވަރަކުން އެނގި ސާބިތުވަމުން މިދަނީ ޙަދީޘްފުޅުތަކަކީ ދިރިހުރި ހެކިތައް ކަމެވެ.  

ނަމާދު ވަގުތު ޖެހުމުން މިސްކިތެއް ނެތިގެން ނަމާދު ނުކޮށް ހުރުމެއް ނެތެވެ. އޮތީ އެމީހަކު ހުރި ތަނެއްގައި ވަގުތުޖެހުމުން ނަމާދުކުރުމެވެ. ވަގުތު ޖެހުމުން އެމީހަކު ހުރި ތަނެއްގައި ނަމާދުކުރުމަށް އަންގަވާފައި މިވަނީ ބިމަކީ ސާފުޠާހިރު ތަނެއްކަމުގައި ލައްވަވާފައިވާތީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން