މުއާޒް ދެއްކެވީ ދޮގު ވާހަކަތަކެއް - ކުށްވެރި ކުރަން: ޕީޕީއެމް

ކިޔުމަށް ހޭދަވާނީ 51ސ
މުއާޒް ދެއްކެވީ ދޮގު ވާހަކަތަކެއް - ކުށްވެރި ކުރަން: ޕީޕީއެމް

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅޭގޮތުން، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި އިބްރާހިމް މުއާޒް އަލީ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމް އިން ބުނެފިއެވެ. 

ރޭގެ ވަގުތެއްގައި މުއާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ދެއްކެވި ވާހަކަތަކަކީ ގޮދު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

މީގެއިތުރުން، މުއާޒްގެ މައްސަލަ އެޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށް ވެސް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މުއާޒް ވިދާޅުވެފައިވަނީ، ފިނިފެންމާ ލޯންޗުކޮޅު ގައި އެއްޗެއް ގޮވިއިރު، އެލޯންޗުކޮޅުން އޭނާއަށް އަލިފާނުގެ "ކަންޏެއްވެސް" ފެނިފައިނުވާ ކަމަށާއި އެދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަމަލުތައް ވެސް ހުންނެވީ އާއްމު އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.

މިއަދު އޮންލައިން