މިނިސްޓަރ ޝިދާތާގެ އަރިހަށް އިންޑިޔާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިނިސްޓަރ ޝިދާތާގެ އަރިހަށް އިންޑިޔާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްގެ އަރިހަށް އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓަރ ޝިދާތާ އިންޑިޔާގެ ސަފީރަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި އެ ކަމުގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ކަންކަން އެ ކަމަނާ ޙިއްޞާކުރެއްވިއެވެ.   

އިންޑިޔާގެ ސަފީރުގެ ވާހަކަފުޅުގައި، މި ދާއިރާތަކަކީ އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރި ދާއިރާތަކެއްކަމަށާއި، އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

މިއަދު އޮންލައިން