ކިތަންމެ ހަސަދަވެރި ވިޔަސް ހަގީގަތެއް ނުފޮރުވޭނެ: އަބްދުއްރަޙީމް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ކިތަންމެ ހަސަދަވެރި ވިޔަސް ހަގީގަތެއް ނުފޮރުވޭނެ: އަބްދުއްރަޙީމް

ކިތަންމެ ހަސަދަވެރި ވިޔަސް ހަގީގަތެއް ނުފޮރުވޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތައުރީފް ކުރައްވާ އަބްދުއްރަޙީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިޤައުމު ދެމި އޮތްހާ ދުވަހަކު ރައީސް ޔާމީންގެ ޚިދުމަތެއް މިޤައުމުން ފަނޑުވެގެން ނުދާނެ ކަމަށާއި ކިތަންމެ ހަސަދަވެރި ވިޔަސް ހަގީގަތް ނުފޮރުވޭނެ ކަމަށެވެ. އަދި ހަގީގަތް ޤަބޫލު ކުރާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި ރައީސް ޔާމީނަކީ މިއަދު މިޤައުމު މިދެކޭ ތަރައްޤީގެ ބާނީ ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.

އަބްދުއްރަޙީމް މިފަދައިން ތްވީޓް ކުރައްވާފައިވާއިރު މޫކާއި ހޮޓެލް އެންޑް ރެސްޓޯރަންޓުގައި ރޭ، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާ ވަނީ ރައީސް ޔާމީނަށާއި ކުރީގެ ހޯމް މިނިސްތަރ އުމަރު ނަސީރަށް ތުހުމަތުތަކެއް ކޮށްފައެވެ. 

މުއާޒް ބުނިގޮތުގައި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަކީ "އާދަޔާ ޚިލާފު" ގޮތަކަށް ހިނގި ކަމެކެވެ. އަދި އެދުވަހު އެއްޗެއް ގޮވިއިރު އަލިފާނުގެ ކަންޏެއް ވެސް ފެނިފައި ނުވާ ކަމަށާއި ކަންކަން އެދުވަހުވީ އާއްމު އުސޫލާއި ޚިލާފު ގޮތަކަށް ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން