ބްރިޖް އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން ޓްރެފިކް ލައިޓަށް މަޑުކުރާ މަޑުކުރުން ފިޔަވައި އެހެނިހެން ކަންތައްތަކުގައި ބްރިޖް އަދި ހައިވޭގައި މަޑުކުރުމަކީ މަނާކަމެއް ކަމަށް ފުލުހުން ކަނޑައަޅައިފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އުޅަނދު ދުއްވާފައި ދާއިރު ކުރިމަތީގައި އޮންނަ އުޅަނދާއި ދެމެދު އެކަށީގެންވާ ދުރުމިނެއް ބޭއްވުމަކީ ހިނގާފާނެ ނުރައްކާތެރި އެކްސިޑެންޓަކުން ރައްކާތެރިވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.