"އިޚްލާޞްތެރިކަމާއިއެކު ހެޔޮ އެދިގެން ނަޞޭޙަތް ދިން މީހުން ދުރުކޮށްފައި، ފައިސާ އާއި ހަންމުށީގެ ބާރު ދައްކައިގެން ކުލީ މީހުން ކައިރިކޮށްގެން އުޅުނީމަ ނުވެ ނުދާނެހާ ކަންތައް މިހާރު އެފެންނަނީއެވެ. ކުރިއަށް އޮތް ތަނުގައި ވެސް ޢިބްރަތް ޙާޞިލުކުރަމާތޯ؟"
މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓެކެވެ. ޓްވީޓް އަމާޒުކުރައްވާފައިވަނީ ސީދާ ކޮން ކަމަކަށް ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބެލެވެނީ ރައީސް ޔާމީނަށް ހެޔޮ ނަޞޭޙަތް އެރުވުމުން އަދާލަތު ޕާޓީ ދުރުކޮށް އެންމެ އަރިހުގައި ގެންގުޅުއްވި ބައެއް މީހުން މިހާރު ރައީސް ޔާމީނާއި ދެކޮޅަށް ކަންކަން ކުރާތީ ވިދާޅުވި ބަސްފުޅެއް ކަމަށެވެ.
ރައީސް ޔާމީން އެންމެ އަރިސް ކުރައްވައިގެން ގެންގުޅުއްވި ޑރ. ޝައިނީ އާއިމެދު ޕީޕީއެމުން ފިޔަވަޅު އަޅާކަމުގެ ވާހަކަތަކެއް ދާދިފަހުން ވަނީ އިވިފައެވެ. ރައީސް ޔާމީނާއި ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ ރޭ ދެއްކެވި ވާހަކަފުޅުތަކެއް ޕީޕީއެމުން ރޭ ވަނީ ވަގުތުން ދޮގުކޮށްފައެވެ.