ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި.

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަނޑައަޅައިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. 

މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ތެރަޕިއުޓިކް ޚިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށާއި، ސަރުކާރުން ވަޢުދުވި ގޮތަށް މިއަދުން ފެށިގެން އެ ކަމަށް ޙައްލު ލިބިގެން ދާނެ ކަމަށެވެ. އަދި މި ފަދަ ޚިދުމަތްތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ޚިދުމަތްތަކެއް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި، ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލް، ކްލިނިކް އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ، ޚިޔާލު ހުށަހަޅައިފައިވެއެވެ.

ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފުތިތާހުކުރެވުމުން އާސަންދަ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުންނުދާ ތެރަޕިއުޓިކް ޚިދުމަތްތައް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން