އެޗްޑީސީ އާ އެމްއެމްޕީއާރުސީން މިއަހަރު ނިވްއިޔަރ ޝޯ ނުބާއްވާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 58ސ
އެޗްޑީސީ އާ އެމްއެމްޕީއާރުސީން މިއަހަރު ނިވްއިޔަރ ޝޯ ނުބާއްވާނެ!

 

މިދިއަ އަހަރު ނިވްއިޔަރ ޝޯ ބޭއްވި އެޗްޑީސީ އިން ބުނީ މިއަހަރު ޝޯ ބާއްވަން އަދި ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން މިއަހަރު އެކުންފުނިން ޝޯ ބާއްވާނެ ކަމަކަށް ނުބެލެވެއެވެ. ނިވްއިޔަރ ޝޯ ބާއްވަން ފެށި އެމްއެމްޕީއާރުސީން ބުނީ މިއަހަރު އެކުންފުނިން ޝޯ ނުބާއްވާނެ ކަމަށެވެ.

 

ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ ނިވްއިޔަރ ޝޯ ބޭއްވުމާއިބެހޭ ގޮތުން އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިވާކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

 

ނިވްއިޔަރ ޝޯ ނުބޭއްވުމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުން ނިވްއިޔަރ ޝޯ ބާއްވަން ފެށީ އިސްލާމިކް މިނިސްޓްރީން އެކަމަށް ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.  

 

ނިވްއިޔަރ ޝޯ ބާއްވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ކަމަށް ރައީސް ޔާމީނުގެ ސަރުކާރުން ބުނަމުން އައި ނަމަވެސް އެ ޝޯގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ކުރިއެރުމެއް ލިބުނުކަމަކަށް އެނގެން ނެތް ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

 

މިއަދު އޮންލައިން